ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި ބިޔަރު އެކަމަށް އެކުލަވާލި ކޮމިޓީއެއްގެ ބެލުމުގެ ދަށުން ނައްތާލައިފިއެވެ.
ފުލުހުން ބުނީ، ނައްތާލާފައިވަނީ 51 ފުޅި ބަނގުރަލާއި 168 ދަޅު ބިޔަރު ކަމަށެވެ. މި ތަކެތި ނައްތާލާފައިވަނީ އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
ނައްތާލި ތަކެތީގެ ތެރޭގައި މި އަހަރުގެ ޖޫން މަހުގެ 18 އިން ފެށިގެން ސެޕްޓެމްބަރު 30 ގެ ނިޔަލަށް ދާލު އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތަކެތި ހިމެނެއެވެ. އަދި ހުށަހެޅުނު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތި ވެސް ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ގަވާޢިދުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް