އެ ޑޮލަރުތައް -
ހުޅުމާލޭ ތިންވަނަ ފިޔަވަހިން ވަގަށް ނެގި 20 ހާސް
ޑޮލަރު ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ހުޅުމާލެ ފޭސް 3 ގައި
ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި ޑޮލަރުތަކަކާއި އެހެނިހެން ތަކެތި ހޯދައި
ވެރިފަރާތާ ހަވާލުކޮށްފައިވާކަމަށެވެ.
"އޮކްޓޫބަރު 24 ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު
ހުޅުމާލެ ފޭސް 2 ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން
ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބުނު" ފުލުހުން ބުނެފައިވެއެވެ.
މި މައުލޫމާތު ލިބުމުން ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު
އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާކަމާއި އެ ދަބަހުގައި 20000 ޑޮލަރު ހުންނާނެކަމަށާ
އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބުނު ކަމަށާއި މި
މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20000 ޑޮލަރާއެކު
އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނުނު ކަމަށާއި އަދި އެ ތަކެތި ފެނިފައިވަނީ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް