ޣައްޒާ ސާފުކުރުމުގައި އައިއޭސީއިން ބައިވެރިވަނީ -
މެދުކެނޑުމެއްނެތި ދެ އަހަރުވާންދެން ހުއްޓުމެއްނެތި
އިސްރާއީލުން ދެމުންދިޔަ ހަމަލަތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ ބިން ސާފުކުރުމުގައި
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ދިވެހީން ތަމްސީލުކޮށްދީފިއެވެ.
ސާފުކުރުމުގެ ހަރަކާތްތަކުގެ ފޮޓޯތަކާއެކު އެ
ޖަމުޢިއްޔާއިން ބުނެފައިވަނީ އިއްޔެ ޣައްޒާ ސާފުކުރުމުގައި ހަރަކާތްތެރިވާ އައިއޭސީގެ
ޓީމުން ވަނީ ދިވެހީންގެ ފަޚުރުވެރި ދިދައިން ދިވެހިންނަށް ޝުކުރު އަދާކޮށްފައި
ކަމަށެވެ.
"ޣައްޒާގެ ރިކަވަރީ ފޭސް މިވަނީ ފެށިފައި،
ހަލާކުކޮށްލާފައިވާ ގެތަކާއި، އެކީއެކަށް ބިމާހަމަކޮށްފައިވާ ގާކުނޑިތައް ސާފުކުރުމުގެ
މަސައްކަތް ދަނީ ބާރު ދުވެލީގައި ކުރިއަށް" މާތް ﷲ އަށް ހަމްދުކުރަމުން
އޭއައިސީއިން ބުނެފައިވެއެވެ.
އޭއައިސީއިން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާގެ
މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އިއްޔެ އެ
ޖަމުޢިއްޔާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ 4200 ކާބޯތަކެތީގެ ޕެކޭޖް ރައްކާތެރިކަމާއެކު
ވެސްޓްބޭންކުން ޣައްޒާއަށް ގެނެވި އާއިލާތަކަށް ފޯރުކޮށްދެވިފައިވާކަމަށެވެ.
"އޭގެ ތެރޭގައި ހަނޑޫ، އޮލިވްއޮއިލް، ހަކުރު، ލޮނު،
ސައިފަތް، ޓޮމާޓޯ ޕޭސްޓް، ސޫޕް ޕައުޑަރު، ޓޫނާ،
ޗީސް، އަދިގެސް އިތުރު ބާވަތްތައް ހިމެނޭ" އައިއޭސީއިން
ބުނެފައިވެއެވެ.
އައިއޭސީއިން ފާހަގަކޮށްފައިވާގޮތުގައި އެތަކެތި ފޯރުކޮށްދީފައި
މިވަނީ ދެއިރްބަލަޙްގައެވެ.
ޤަތުލުއާއްމު ހުއްޓި ޣައްޒާގެ ރައްޔިތުން ގެތައް ހުރި
ހިސާބުތަކަށް އަލުން އަންނަމުންދާއިރު މިފަދަ އެހީތަކަކީ އެންމެ ބޮޑަށް ބޭނުންވާ ކެއުން
ބުއިމާއި ބޯހިޔާވަހިކަން ކަމުގައި އައިއޭސީއިން ފާހަގަކޮށްފައިވެއެވެ.
އައިއޭސީ މެދުވެރިކޮށް ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް:
- ބީއެމްއެލް އިސްލާމިކް: 7770000062741
- އެމްއައިބީ: 90101555002111001
- އެކައުންޓް ނަން
International Aid Campaign
- އެކައުންޓް ލޭބަލް: IAC | EMERGENCY
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް