އިއްޔެ ހައްޔަރުކުރި ތިން މީހުން - ފޮޓޯ: ޕޮލިސް
އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ހުރި ދެ ކޮންޓޭނަރު
ސިނގިރޭޓު ވަގަށްނެގި މައްސަލައިގާ އިއްޔެ ހައްޔަރުކުރި ތިން މީހުންގެ މަގްޝޮޓް
ފުލުހުން ހާމަކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ހދ. ވައިކަރަދޫ، ނޫރަލީގޭ، އުމުރުން
42 އަހަރުގެ އަހްމަދު ޝަހީމާއި ސ. ހިތަދޫ، ޗާނދަނީގޭ، އުމުރުން 35 އަހަރުގެ ހުސެއިން
ސާމިހާއި މާލޭ، ހ. ރުމޭނިޔާ، އުމުރުން 35 އަހަރުގެ އަހްމަދު ފިރުޝާނެވެ.
ތިން މީހުންވެސް ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި
ކަމަށް ފުލުހުން ބުނެއެވެ.
ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް
ހާޒިރު ކުރުމުން ޝަމީހާއި ސާމިހް ހަތް ދުވަހަށް އަދި ފިރުސާން ފަސް ދުވަހަށް ބަންދު
ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
އިއްޔެ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު މި މައްސަލައިގާ
މިހާތަނަށް ހައްޔަރުކުރި މީހުންގެ ޢަދަދު މިވަނީ އަށަކަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް