ޕިންކް ރިބަން ރަން ވޯކް ކާމިޔާބުކަމާއެކު ނިންމާލައިފި

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް...

26 Oct 2019 | 15:47

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއަދު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ. މި ހަރަކާތް އިންތިޒާމްކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައިވެސް އޮކްޓޯބަރުމަހަށް ދެމިގެންދާ ގޮތަށް އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ގެންދާއިރު، ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް