ބ. އަތޮޅަށް ވަންނަން އުޅުނު ދޯންޏެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ރޭ 11:40 ހާއިރު ބ. އަތޮޅަށް ވަންނަން އުޅުމުގެ ތެރޭގައި ފަރަށް އަރާފައިވަނީ "ޕްލޫޓޯ" ނަމަކަށް ކިޔާ 90 ފޫޓުގެ ދޯންޏެއް ކަމަށެވެ. އެ ދޯނި ފުންކުރުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ ދޯނި ފަރަށް އަރާފައިވަނީ ބ. ކިހާދޫ ކައިރިން ކަމަށާއި ފަރަށް އެރި އިރު އެ ދޯނީގައި 13 މީހަކު ތިބި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް