ބުރިޖު މަޝްރޫޢަށް ހެދިފައިވާ ވަގުތީ ޕްލެޓް ފޯމްގެ ޕައިލްތައް ނެގުމަށްޓަކައި މާލެއިންހުޅުލެއަށް ދަތުރުކުރާ ބުރިޖުގެ ބައެއް ލޭންތައް ހޯމަ ދުވަހުން ފެށިގެން މަސައްކަތް ނިމެންދެން ބައެއް ވަގުތުތަކުގައި ބަންދުކުރާނެ ކަމުގައި ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފައިވާއިރު އެއްވެސް ލޭނެއް ބަންދުކުރަން ހުއްދަ ދީފައި ނުވާނެކަމުގައި މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ބްރިޖުގެ އެއްވެސް ލޭނެއް ބަންދުކުރާކަށް ހުއްދައެއް ނުދެން" ކަމަށެވެ.
https://twitter.com/MMuizzu/status/1055747257973145601
ނަމަވެސް ހައުސިން މިނިސްޓްރީން ރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ނިމެންދެން ބައެއް ވަގުތުތަކުގައި ބައެއް ލޭންތައް ބަންދުކުރުމަށްވަނީ ހަމަޖެހިފައި ކަމަށާއި ލޭންތައް ބަންދު ކުރުމަށް ހަމަޖެހިފައިވާ ގޮތާއި ގުޅޭގޮތުން، އަދި ލޭން ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ޓްރެފިކް ޕޮލިހުން ޢާއްމުންނަށް މައުލޫމާތު ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ.
ލޭން ބަންދުކުރާ ވަގުތުތަކުގައި، ޓްރެފިކް ޕޮލިސްގެ އިރުޝާދުގެދަށުން، ބުރިޖުގައި ދަތުރުކުރަށްވާ ބޭފުޅުން ބުރިޖްގެ އެހެން ލޭންތައް ބޭނުންކުރެއްވުމަށް ދަންނަވާކަމަށާއި އަދި މަސައްކަތް ހިގަމުންދާ މުއްދަތުގެ ތެރޭގައި ބުރިޖް ބޭނުންކުރަށްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި މިނިސްޓްރީގެ ފަރާތުން ނިހާޔަތައް މާފަށްއެދޭކަމުގައިވެސް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް