ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަ ނުކުރެވޭނެކަމުގައި ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ކަނޑައަޅައިފިއެވެ.
އެ ކޯޓުން މި ނިންމުން ނިންމާފައިވަނީ އޮސްޓްރޭލިޔާގެ މިސިސް އެސް ނަމަކަށް ކިޔާ އަންހެނަކު 2009 ވަނަ އަހަރު ދެ ސެމިނާއެއްގައި ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން އެ މައްސަލައިގާ އޮސްޓްރޭލިޔާގެ ކޯޓަކުން އޭނާ ޖޫރިމަނާ ކުރި ކުރުން ބާތިލުކޮށްދިނުމަށް ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަށް ހުށަހެޅުމުންނެވެ.
އެ އަންހެނާ ބުނެފައިވަނީ އޭނާ އެ ގޮތަށް ވާހަކަ ދެއްކީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ކަމަށެވެ. އެ މައްސަލައިގާ އޮސްޓްރޭލިޔާގެ ކޯޓަކުން އޭނާ 480 ޔޫރޯއިން ޖޫރިމަނާ ކުރިއެވެ.
އެ މައްސަލައިގާ އިއްޔެ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ނިންމާފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ނަމަވެސް ކީރިތި ރަސޫލާ މުހައްމަދު صلى الله عليه وسلم ފުރައްސާރަ ނުކުރެވޭނެ ކަމަށާއި އެހެން އެކަން ކުރުމުން ދީނީ އަދި ނަސްލީ މައްސަލަތައް އުފެދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް