އިދިކޮޅު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ގިނަ ބަޔަކު އަލަށް ގުޅިފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.
އެގޮތުން އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ އެ ޕާޓީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާއި ހަވާލުވެލެއްވީ އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި، ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ކަމަށެވެ.
https://twitter.com/jpspokesperson/status/1055581638409814020?s=21
"އެ ބޭފުޅަށްނަށް ޖޭޕީއަށް މަރުހަބާ ދަންނަވައި ޖޭޕީ އާއި ގާސިމް އިބްރާހިމް އަބަދުވެސް އިސްކުރައްވާނީ ގައުމީ މަސްލަހަތު ކަމުގައި އެ ރަސްމިއްޔާތުގައި މެޑަމް އައިޝާ ދެންނެވި" އަލީ ސޯލިހް ވިދާޅުވިއެވެ.
އަލީ ސޯލިހް ވިދާޅުވީ އެ ޕާޓީޣެ ކައުންސިލް މެމްބަރު އަނީސާ ސައީދު އިސް ނަންގަވައިގެން ރޭ ޖޭޕީއަށް ބޭފުޅުން ގެނެސްދެއްވީތީ އައިޝާ އަނީސާއަށް ޝުކުރު އަދާކުރެއްވި ކަމަށާއި އެގޮތަށް ޖޭޕީއަް ހިދުމަތް ކޮށްދެއްވުމަށް އަނީސާ ކުރެން އައިޝާ އެދިލެއްވި ކަމުގައިވެސް އަލީ ސޯލިހް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް