އަންޑޭ ސަފީރު ކަމަށް އައްޔަން ކުރަން ރުހުންދޭން ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި އަހުމަދު މުހައްމަދު ( އަންޑޭ) ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފި އެވެ. ގައުމީ ސަލާމަ...

26 Oct 2014 | 10:25

ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި އަހުމަދު މުހައްމަދު ( އަންޑޭ) ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީން އަންޑޭ އެ މަގާމަށް އައްޔަން ކުރުމަށް ރުހުން ދީފައިވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. އަންޑޭ ސަފީރު ކަމަށް އައްޔަން ކުރުމަށް ފެނޭތޯ ބަލަން ކޮމިޓީން ކުރި ދިރާސާ ރިޕޯޓު މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އެވެ.

އަންޑޭ މީގެ ކުރިން ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި އެވެ. އަދި ފަހުން ރައީސް ޔާމީން ވަނީ އޭނާ ފޮރިންގ މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް ގެ މަޤާމަށް އައްޔަން ކުރައްވާފައި އެވެ. މި ދެ މަގާމަށްވެސް އަހުމަދު މުހައްމަދު އައްޔަން ކުރެއްވީ މިނިސްޓާ ފެންވަރުގައި އެވެ.

އިންޑިޔާއަށް ކަނޑައަޅާ ސަފީރުގެ ގޮތުގެ އަންޑޭ ކަނޑައެޅުމަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުން މާދަމާގެ މަޖިލީސް ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި އެވެ. ރައީސް އަބްދުﷲ ޔާމިން އަހުމަދު މުހައްމަދަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވީ މިހާރު ކުރިޔަށްދާ ދައުރުގެ ފުރަތަމަ ޖަލްސާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް