އެސްޓިއޯގެ "ފިޝް ވީކް" ފަށައިފި

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ގޮތުން އެސްޓީއޯ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ "ފިޝް ވީކް" ފަށައިފި އެވެ. އެސްޓީއޯ ސުޕަމާކެޓުގައި ކުރިޔަށް ގެންދާ މި ވީކް ހުޅު...

26 Oct 2014 | 10:02

ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް މާކެޓް ކުރުމުގެ ގޮތުން އެސްޓީއޯ އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ "ފިޝް ވީކް" ފަށައިފި އެވެ.

އެސްޓީއޯ ސުޕަމާކެޓުގައި ކުރިޔަށް ގެންދާ މި ވީކް ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއާއި މިފްކޯއާއި ހޮރައިޒަންގެ އިތުރުން އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުންނެވެ.

ފިޝް ވީކްގައި ކޮންމެ ދުވަހަކު ތިން ގަޑިއިރު މިފްކޯއާއި ހޮރައިޒަން އަދި އެންސިސް އިން، އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ ރަހަ ދައްކާލުން ކުރިޔަށް ގެންދާނެ އެވެ. އަދި އެ ކުންފުނިތަކުގެ އުފެއްދުންތަކާއި ބެހޭ މައުލޫމާތު ދިނުމަށް ސެޝަންތަކެއް ބޭއްވުމުގެ އިތުރުން މަހުގެ ބާވަތްތައް ކަމަށްވާ ފިނިކުރި، ހަރު އަދި ޗިލްޑް އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައި އެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ދާއިރާ ކަމަށްވާ މަސްވެރިކަން ކުރި އެރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ހޮރައިޒަން ފިޝަރީޒް އިން ބުނީ ފިޝްީކްގައި އެކުންފުނިން ވިއްކާ ހުރިހާ ބާވަތްތަކެއްގެ މަހުން 20 އިންސައްތަ ޑިސްކައުންދޭނެ ކަމަށެވެ. މިފްކޯއާއި އެންސިސް އިންވެސް ބުނީ އެ ކުންފުނީގެ ހުރިހާ އުފެއްދުންތައް ފިޝް ވީކް އިން ލިބޭނެ ކަމަށެވެ.

މި ވީކް ކުރިޔަށް ގެންދަނީ މިއަދުން ފެށިގެން އަންނަ ބުރާސްތި ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް