ވޯކިންޑެޑްގެ ސީޒަން 5 އަންނަ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު ރިރީސްކުރުމަށް ހަމަޖެހިފައިވާއިރު މިކަމަށް ޚާއްސަކޮށްގެން " މިނިމަސް ބަރގާ"ގެ ނަމުގައި ޚާއްސަ ބަރގާއެއް އުފައްދައިފިއެވެ.
"މިނިމަސް ބަރގާ"ގެ ނަމުގައި މެސްހެޑްކިޔާ ކުންފުންޏަކުން އުފެއްދި މި ބަރގާ ތައްޔާރުކުރުމަށް އިންސާނުންގެ މަސް ބޭނުންކޮށްފައި ނުވިނަމަވެސް މި ބަރގާއިން ދޭނީ މިނިމަސް ރަހަކައެވެ.
މި ބަރގާތައްޔާރުކުރުމަށްޓަކައި ބޭނުންކުރި މަސްގަނޑުން މިނިމަހުގެ ރަހަ ދޭގޮތަށް ތައްޔާރުކުރުމަށްޓަކައި މެސްހެޑް ޓިމުންވަނީ ޖަރނަލިސްޓް އަދި ލިޔުންތެރިޔާ ވިލިއަމް ސީބްރޯކް އޭނާގެ ލިޔުމެއްގައި މިނިމަހުގެ ރަހަ ސިފަކޮށްފައިވާގޮތް ކިޔަވާފައެވެ. ބަރގާ ތައްޔާރުކުރުމަށް ޕޯރކް، ވީލް އަދި ކުކުޅުމަހުގެ އިތުރުން ކުކުޅުގެ މޭވެސް ބޭނުންކޮށްފައިވެއެވެ.
"މިނިމަސް ބަރގާ" ކަސްޓަމަރުންނަށް ލިބޭވަރުވާނީ މިމަހުގެ 30 ވަނަދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް