ގިނައިރު އެއް ގޮތަކަށް އިނުމުން ހަށިގަނޑުން ފެޓާއި ހަކުރު ބައިބައިކުރުމަށް ހުރަސް އެޅޭ --
ދުވާލުގެ ބޮޑު ބައެއް އިށީނދެ އިނުމަށްފަހު ހެނދުނު ނުވަތަ ހަވީރު ކުރާ ކަސްރަތަކުން އެ ގެއްލުން ފޫނުބެއްދޭނެ ކަމަށް ހިތުގެ ބަލިތަކުގެ ތަޖުރިބާކާރުން ބުނެފި އެވެ.
25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ކާޑިއޯވެސްކިއުލާ ސާޖަން ޑރ. ޖެރެމީ ލަންޑަން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުން ގިނައިރު އިށީނދެ އިނުމުގެ އާދައިގެ ސަބަބުން މެޓަބޮލިކް މައްސަލަތަކާއި ދާއިމީ ބަލިތައް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެއެވެ.
ސާކިއުލޭޝަން ޖާނަލްގައި 2016 ވަނަ އަހަރު ސެޕްޓެމްބަރުގައި ޝާއިޢުކޮށްފައިވާ ދިރާސާއަކާ ހަވާލާދީ ޑރ. ޖެރެމީ ފާހަގަކޮށްފައިވާ ގޮތުގައި އެމެރިކާ މީހުން ހޭލާ ހޭދަކުރާ ވަގުތުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހޭދަކުރަނީ އިށީނދެ އިނދެގެންނެވެ.
ޑރ. ޖެރެމީ ބުނެފައިވާ ގޮތުގައި ގިނައިރު އިށީނދެ ތިބޭ މީހުން އަވަހަށް މަރުވުމުގެ ފުރުޞަތު ބޮޑުވެ ހިތުގެ ބަލީގެ ނުރައްކާ އިތުރުވެ ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ނުރައްކާ ގާތްގަނޑަކަށް ދެ ގުނައަށް އެރުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.
ގިނައިރު އެއް ގޮތަކަށް އިނުމުން ހަށިގަނޑުން ފެޓާއި ހަކުރު ބައިބައިކުރުމަށް ހުރަސް އެޅޭ ކަމަށް އޭނާ ބުނެފައިވެއެވެ.
ގިނަ ބަޔަކު ހީކުރާ ގޮތާ ޚިލާފަށް ޖިމުގައި ހޭދަކުރާ އެއް ގަޑިއިރަކުން ނުވަތަ މަގުމަތީގައި ހިނގަންދާ ގަޑިއެއްހާ އިރުން މޭޒު ދޮށުގައި ހޭދަކުރާ ވަގުތުގެ ގެއްލުން ފޫ ނުބެއްދޭ ކަމަށް ޑރ. ޖެރެމީ ބުނެފައިވެއެވެ.
ދުވާލުގެ އެކި ވަގުތުތަކުގައި ހެލިފެލިވެ އުޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ބުނެ ސިޑިން އެރުމާއި މެންދުރު ކައިގެން ހިނގާލުމާއި ފޯނުކޯލުތަކުގައި ކޮޅަށް ހުރުމާއި ބައްދަލުވުންތަކުގެ ދޭތެރޭ 10 އެއާ ސްކޮޓެއް ހެދުން ފަދަ ކަންކަން ކުރުމަށް ލަފާ ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް