ބެންކޮކުން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ރާއްޖޭގެ ވިޔަފާރިވެރިންނަށް އަމާޒްކޮށްގެން ޙާއްސަ ކާގޯ ފްލައިޓު ދަތުރެއް ބޭއްވުމަށް ސްޕެންސް މޯލްޑިވްސްއިން ނިންމައިފިއެވެ.
ސްޕެންސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހު މި ދަތުރު ބޭއްވުމަށް އެ ކުންފުނިން ނިންމީ ގިނަ އަދަދެއްގެ ވިޔަފާރިވެރިންގެ އެދުމުގެ މަތިންކަމަށެވެ.
ފިރާޤު ވިދާޅުވީ މި ކާގޯ ދަތުރުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކަން އެއަރލައިންސްގެ ކާގޯ އުފުލުމަށް ޙާއްސަ ފްލަައިޓެއްކަމަށާއި، ޖުމްލަ 42 ޓަނާއި ހަމައަށް މި ފްލައިޓުގައި ރާއްޖެއަށް ކާގޯ ގެނެވޭނެ ކަމަށެވެ.
ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ އާއި ރާއްޖެއާއި ދެމެދު އެެ އަރލައިންއިން ދަނީ ރާއްޖެއަށް ކޮންމެ ހަފްތާއެއްގައިވެސް ބާއްވަމުންދާ 5 ނޫނީ 7 ފްލައިޓުތަކުގައިވެސް ގިނަ އަދަދެއްގެ ކާގޯދަނީ ރާއްޖެއަށް ގެންނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް