ފޯ ނޭޝަންސް ޓޯނަމެންޓުގެ ފުރަތަމަ މެޗުގައި ޖޯޑަން އަތުން ބޮޑު ތަފާތަކުން ރާއްޖެ ބަލިވެއްޖެ

ގަތަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަން އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ. އިއްޔެ ކުޅުނު މެޗުގައި ޖޯޑަން އަތުން ރާއްޖޭގެ 16 އ...

26 Aug 2019 | 14:27

ގަތަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަން އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

އިއްޔެ ކުޅުނު މެޗުގައި ޖޯޑަން އަތުން ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ.

ގައުމީ ޒުވާން ޓީމު ވަރުގަދަކުރުމުގެ ގޮތުން ދާދި ފަހުން އެޓީމު ވަނީ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އާ ހަވާލުކޮށްފައެވެ. އެގޮތުން އިއްޔެ ކުޅުނު މެޗަކީ ނިޒާމްބެގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގަތަރުގެ ދޯހާގައި ކުރިއަށްދާ ފޯ ނޭޝަންސް ޓޯނަމެންޓުގައި ރާއްޖޭގެ އިތުރުން ގަތަރާއި ޖޯޑަން އަދި އިންޑޮނޭޝިއާ ވާދަކުރެއެވެ. އެ މުބާރާތުގައި މާދަމާ ރާއްޖެ ނުކުންނަން ޖެހޭނީ އިންޑޮނޭޝިއާއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް