ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ފައިސާ ނަގާ ޑްރައިވަރުންގެ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލު ކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އަހަރަކު ތިން ފަހަރަށްވުރެ އިތުރަށް، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ޓެކްސީ ކޮށްފިނަމަ އެ ޑްރައިވަރުންގެ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލުކުރެވޭނެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެގޮތަށް އަމަލުކުރަން ނިންމީ އަދިވެސް ބައެއް ޓެކްސީތަކުން ބޮޑުއަގުގައި ދަތުރުކޮށްދޭ ޝަކުވާތައް ލިބެނުންދާތީ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ޓެކްސީތަކުން ބޮޑު އަގުގައި ޓެކްސީ ކުރަމުންދާތީ ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވަކި އަގުތަކެއް ޓެކްސީ ކުރުމަށް ކަނޑައަޅާފައެވެ.
މާލެ ސަރަހައްދުގެ ޓެކްސީ ކުރުމަށް ކަނޑައަޅާފައިވާ އަގުތައް:
- މާލެ- ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުމާލެ – ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- ހުޅުލެ – ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
- މާލެ- ހުޅުމާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
- ހުޅުމާލެ – މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ
މި އުސޫލަށް މިމަހުގެ ތެރޭގައި އަމަލުކުރަން ފެށި ނަމަވެސް، އިތުރަށް ފައިސާ ނެގި ހަ ޑްރައިވަރަކު ފުލުހުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އިތުރަށް ފައިސާ ނަގާނަމަ ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް