ފޮނަދޫ ވަލުތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ހޯދައިފި

އޯގަސްޓް 24 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޮނަދޫ ވަލު ތެރެ ބަލާ ފާސްކޮށް، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނު ތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެގޮތުން ވ...

26 Aug 2019 | 07:52

އޯގަސްޓް 24 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފޮނަދޫ ވަލު ތެރެ ބަލާ ފާސްކޮށް، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނު ތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެގޮތުން ވަލުތެރެ ބަލާ ފާސްކުރިއިރު އެތަނުން އުނދުނާއި ދެ ގޭސް ފުޅީގެ އިތުރުން ކުކިން އޮއިލް ހުސްކުރި ހަންތަކެއް ފެނިފައިވެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައައި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އަދި މި މައްސަލަ ލ.ފޮނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންދާ ކަމަށް ވެސް ޕޮލިހުން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް