ރ. މާކުރަތު ގެއެއްގެ ތެރޭގައި ގެންގުޅުނު ގިނަ އަދަދެއްގެ ކުދި ވެލާތަކެއް ފުލުހުންނާއި އެންވާރްމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހޯދައިފި އެވެ.
އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގެއިން 11 ކުދި ވެލާ ފެނިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ ބުދަ ދުވަހު ކަމަށް ބުނެފައިވެ އެވެ.
ވެލާ ކަހަނބަކީ ގާނޫނުން ހިމާޔަތް ލިބިދީފައިވާ ތަކެއްޗެވެ. އެތަކެތި ހިފައި ގެންގުޅުމާއި ބިސް ނެގުމާއި އެއްވެސް ގޯނާއެއް ކުރުމަކީ މަނާ ކަމެކެވެ.
އެހެންވެ އީޕީއޭގެ ބަޔާނުގައި ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ޖޫރިމަނާ ކަނޑައަޅައި ބަދަލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އީޕީއޭ އާއި ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހޯދުނުނު 11 ވެލާ މިހާޜު ވަނީ މޫދަށް ދޫކޮށްލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް