އޯޑިއޯއާއި ގުޅިގެން ސިފައިންގެ ބޭކަލަކު ވަޒީފާއިން ވަކިކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ޑިފެންސް މިނިސްޓަރު ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، އެސްޕީޖީ އާއި ދެއްކެވި ވާހަކައެއް އޯޑިއޯ ލީކުވި މައްސަލައާއި ގުޅިގެން ސިފައިންގެ ބޭކަލަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސޯޝަލް މީޑިއާ...

26 Aug 2017 | 07:28

ޑިފެންސް މިނިސްޓަރު ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، އެސްޕީޖީ އާއި ދެއްކެވި ވާހަކައެއް އޯޑިއޯ ލީކުވި މައްސަލައާއި ގުޅިގެން ސިފައިންގެ ބޭކަލަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ ހަބަރު އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ ބޭކަލަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ.

އެސްޕީޖީ ސިފައިންނާ ވާހަކަ ދައްކަވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެފައިވަނީ އޮފިސަރުން ވަރަށް ކެތްތެރި ކަމަށެވެ. އެމަނިކުފާނު އެބޭފުޅުންގެ މަގާމުގައި ހުންނެވިނަމަ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރުމުން ކެތްތެރިކަން ކޮޅުލައިގެން ގޮސް އެއިން މެމްބަރެއްގެ ދަތްދޮޅި ދުއްވާލީމު ކަމަށް އޯޑިއޯގައި އާދަމް ޝަރީފް ކަމަށް ބެލެވޭ މީހަކު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް