ޕޮއިޒް އިން ތައާރަފް ކޮށްފައިވާ، ހޮޓް އައިސް ސްޕޯޓް ބޮޑީ ސްޕްރޭ ޕްރޮމޯޓް ކުރުމަށް ޕޮއިޒް އިން އިންތިޒާމް ކޮށްގެން އެއް ދުވަހުގެ ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންގޮސްފި އެވެ.
މި މުބާރާތް ޕޮއިޒްގެ ފަރާތުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. މި މުބާރާތް ފަށާފައިވަނީ ދިވެހި މީޑިއާއިން ހޮވާލެވުނު ޓީމަކާއި ޕޮއިޒްގެ ޓީމަކާއި ދެމެދު ކުޅެވުނު ފުޓްބޯޅަ މެޗަކުންނެވެ. މުބާރާތް ނިންމާލާފައިވަނީ ހާއްސަ ރަސްމިއްޔާތަކުންނެވެ.
މީޑިއާގެ ޓީމާއި ޕޮއިޒްގެ ޓީމް ކުޅުނު މެޗުން މޮޅުވެފައިވަނީ ޕޮއިޒް ޓީމެވެ. އެ މެޗުން ޕޮއިޒް މޮޅުވެފައިވަނީ ހަތަރު ލަނޑު ދެ ލަނޑުންނެވެ.
ޕޮއިޒްއިން ކުރިއަށްގެންދިޔަ ވަންޑޭ ކަޕްގެ ފައިނަލް ރޭ ކުޅެފައިވާއިރު ފައިނަލްގައި ބައްދަލުކޮށްފައިވަނީ "އެންވީކޭ" ޓީމާއި "އައި ކޮރަލް" ޓީމެވެ. މުބާރާތުގެ ޗެމްޕިއަން ކަން ހޯދާފައިވަނީ އެންވީކޭ ޓީމުން ކަމުގައި ޕޮއިޒް އިން ހާމަކުރެ އެވެ.
ޕޮއިޒް އިން ހާމަކުރާގޮތުގައި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް، ރޭގެ ރަސްމިއްޔާތުގައި އިނާމު ދީފައިވާއިރު ހޮޓް އައިސް ސްޕޯޓްގެ އިސްތިހާރު ރޭގެ އެ ރަސްމިއްޔާތުގައި ވަނީ ލޯންޗު ކޮށްފަ އެވެ. އަދި އެ އިސްތިހާރު މިއަދުން ފެށިގެން ބޭނުން ކުރަމުންދާނޭ ކަމުގައި ޕޮއިޒް އިން ހާމަކުރެ އެވެ.
https://www.youtube.com/watch?v=VW0YfB9_T2Q
ހޮޓް އައިސް ސްޕޯޓް އަކީ ސެންޓް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމުގައިވާ އައިއެފްއައި އުފެއްދުމެކެވެ. ހޮޓް އައިސް ސްޕޯޓް އަކީ ކުޅިވަރު ކުޅޭ، އަދި ހަލަބޮލި މާހައުލުތަކުގައި ވަގުތުތައް ހޭދަކުރައްވާ ފަރާތްތަކަށް ހާއްސަ އަދި ތަފާތު ބޮޑީ ސްޕްރޭ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް