ބާސްކަރް އޮރު ރާސްކަލް ގެ ލަވައެއް ކުޅުމަށް ސަންޖޭ ދަތު ރާއްޖެ އަންނަނީ

ބޮލީވުޑް ތަރި، ސަންޖޭ ދަތު މިހާރު ކުޅެމުން އަންނަ ފިލްމު "ބާސްކަރް އޮރު ރާސްކަލް"ގެ ލަވައެއް ޝޫޓް ކުރުމަށް އެ ފިލްމުގެ ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކ...

26 Aug 2017 | 06:19

ބޮލީވުޑް ތަރި، ސަންޖޭ ދަތު މިހާރު ކުޅެމުން އަންނަ ފިލްމު "ބާސްކަރް އޮރު ރާސްކަލް"ގެ ލަވައެއް ޝޫޓް ކުރުމަށް އެ ފިލްމުގެ ޓީމް ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ފިލްމުގެ ބަތޮލު، ސަންޖޭ ދަތާއި އެ ފިލްމުގެ މުޅި ޓީމު އެކުގައި ރާއްޖެ ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގަ އެވެ.

ބާސްކަރް އޮރު ރާސްކަލް، މި ފިލްމަކީ މަލަޔާލަމް ފިލްމެއް ކަމުގައިވާ ބާސްކަރް ދަ ރާސްކަލްގެ ރީމޭކް އެކެވެ. މި ރީމޭކްގައި ސަންޖޭ ދަތާއެކު ނިކޭޝް ޕަޓޭލް، ރޮބޯ ޝަންކަރު، ނައްސާރު، ބޭބީ ނޭނިކާ، ސޫރީ އަދި ރަމޭޝް ކަންނާ، އެކި އެކި ރޯލުތަކުން ފެނިގެންދާނެ އެވެ.

ރާއްޖެ އައި ޝޫޓް ކުރަނީ ލަވައެއް ގެ މަންޒަރު ކަމަށްވާއިރު އެ ލަވަ ޝޫޓް ކޮށް ނިމުމުން އެ ފިލްމުގެ ޝޫޓިން ނިމުނީ ކަމުގައިވެސް ބައެއް މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް