މެޑަމް ފާތުން ހައްޖަށް ފުރާވަޑައިގެންފި، ރައީސް ވަޑައިގެންނަވަނީ ހޯމަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ. ކުރިން ހަމަޖެހިފައި އޮތީ ދެކަނ...

26 Aug 2017 | 01:56

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ކުރިން ހަމަޖެހިފައި އޮތީ ދެކަނބަލުން އެކުގައި ފުރާވަޑައިގެންނަވާ ގޮތަށެވެ. އެކަމަކު މި ބަދަލު އައީ ކީއްވެ ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މެޑަމް ފާތުންގެ އަރިހުގައި ރޭ ފުރާވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަމީރުލް ހައްޖު މުހައްމަދު ސައީދު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކެނދިކުޅުދޫ ދާއިރާގެ އަލީ މައުރޫފް  ހިމެނެ އެވެ،

ރައީސް ޔާމީންގެ ދެކަނބަލުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވަނީ ހައްޖުގެ އަޅުކަމަށް ވަޑައިގެންފަ އެވެ. އެއީ 2014 އާއި 2015ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް