މިނިވަން ދުވަހު އިބްރާހީމް ރަޝީދު މޫސާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވައިފި

ދީނީ އިލްމު ފެތުރުއްވުމާއި ތައުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިޝާން އިއްޒުއްދީނ...

26 Jul 2026 | 06:01
N/A

N/A

ދީނީ އިލްމު ފެތުރުއްވުމާއި ތައުލީމީ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ.) މިއަދު އަރުވައިފިއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އެ އިއްޒަތް އެރުވި އިބްރާހީމް ރަޝީދު މޫސާއަކީ މިސްރުގެ ޖާމިއުލް އަޒުހަރުން ތައުލީމު ހާސިލުކުރައްވައިގެން ވަޑައިގެން ދީނީ ފޮތް ތަސްނީފުކުރެއްވުމާއި ތަރުޖަމާކުރެއްވުމާއި އަރަބި އިސްލާމީ ތައުލީމު ފުޅާކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެ މަނިކުފާނު ވަނީ 50 އަށްވުރެ ގިނަ ފޮތް ތަސްނީފުކުރައްވައި 11 ފޮތެއް ތަރުޖަމާކުރައްވައިފައެވެ.

43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި އިބްރާހީމް ރަޝީދު މޫސާ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ މައުހަދުއްދިރާސާތިލް އިސްލާމިއްޔާ އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް