އަދީބުގެ ބޭސްފަރުވާ ދީފައިވާ މުހުލަތު އިތުރުކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުހުލަތު 10 ދުވަސް އިތުރުކޮށްދީފިއެވެ. މިކަން ހާމަކުރައްވާ ކަރެކްޝަންސް ސާރވިސްއިން ރޭ ނެރެފައިވާ ބަޔާނުގައި ވަނީ އަދީބުގެ ބޭސްފަރުވ...

26 Jun 2019 | 07:26

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރުމަށް ދީފައިވާ މުހުލަތު 10 ދުވަސް އިތުރުކޮށްދީފިއެވެ.

މިކަން ހާމަކުރައްވާ ކަރެކްޝަންސް ސާރވިސްއިން ރޭ ނެރެފައިވާ ބަޔާނުގައި ވަނީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމީ އަދީބު ކެންސަރު ބައްޔަށް ސްކްރީނެއް ހަދަން ޑޮކްޓަރު ލަފާ ދެއްވާފައި ވާތީ ޑޮކްޓަރުގެ އިރްޝާދާއި އެއްގޮތަށް ބޭސް ފަރުވާ ކުރުމުގެ ކަންކަން ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.

ގޭބަންދުގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނެވީ، މިމަހުގެ 14 ވަނަ ދުވަހެވެ. އެބޭފުޅާ ބޭސްފަރުވާއަށް ވަޑައިގެންނެވީ، އިންޑިއާގެ ބެންގަލޫރަށެވެ.

އަދީބާއިއެކު އިންޑިއާއަށް ދިވެހި ތިން ފުލުހަކާއި، ކަރެކްޝަނަލް ސާވިސްގެ ތިން އޮފިސަރުން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް