މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ބޯޑު މެމްބަރުކަމަށް އަނެއްކާވެސް ސިނާން އަލީ ހަމަޖައްސައިފިއެވެ.
ސިނާން އެ މަގާމަށް ހަމަޖައްސާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ދެ ވަނަ ދުވަހު ކަމަށްވާއިރު އޭނާއަކީ މީގެ ކުރިންވެސް އެމްޓީސީސީގެ ބޯޑު މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
ކުރީގެ ސަރުކާރުގައި އެމްޓީސީސީގެ ބޯޑު މެމްބަރަކަށަ ހުންނަވަނިކޮށް ކުއްލި ގޮތަކަށް ސްޓެލްކޯގެ ޗެއާމަނަކަށް ސިނާން ހަމަޖެއްސި ނަމަވެސް އެ މަގާމު އޭނާ އެ ފަހަރު ފުރުއްވީ ތިން ދުވަހަށެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާވަނީ އެމްޓީސީސީގެ ބޯޑު މެމްބަރުކަމަށް ބަދަލުކޮއްފައެވެ.
މީގެ ކުރިން ސިނާންވަނީ ސްޓެލްކޯގެ ޗެއާމަން ކަމުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު ކަންވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް