386 ކެންޑިޑޭޓުންގެ ތެރެއިން ސޮއި ކޮށްފައިވަނީ އެންމެ 120 ކެންޑިޑޭޓުން: ޝަރީފް

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރެޖިސްޓްރީގައި، ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ މުއްދަތު މާދަމާއަށް ހަމަވާއިރު، މިހާތަނަށް ސޮއިކޮށްފައި ވަނީ 120 ކެން...

26 Mar 2019 | 10:55

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރެޖިސްޓްރީގައި، ކެންޑިޑޭޓު ނުވަތަ ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ މުއްދަތު މާދަމާއަށް ހަމަވާއިރު، މިހާތަނަށް ސޮއިކޮށްފައި ވަނީ 120 ކެންޑިޑޭޓުންކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ކުރި ޓުވީޓެއްގައި، ޕާޓީ ތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ކޮށްފައިވާ އަދަދު ވެސް ހާމަކޮށްފައި ވެއެވެ.

https://twitter.com/ShareefRangondi/status/1110247098916560897

ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ސުނަގަޑިއަކީ މާދަމާގެ މެންދުރު 2.30 ގެ ކުރިންނެވެ.

ވޯޓާސް ލިސްޓުގައި ސޮއި ކުރުމުގެ ފުރުސަތު އީސީއިން ހުޅުވާފައިވަނީ މިމަހު 24 ވަނަ ދުވަހު އެވެ.

އަންނަ އެޕްރިލްމަހުގެ ހަ ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް