ރޭގައި 2:30 އެހާއިރު ކ.މާފުށގައި ހުރި ސައިކަލް އެއްގައި ރޯކޮއްލައިފިއެވެ.
ރޯކޮއްލާފައިވަނީ ކ. މާފުށީ އަމްބަރީ ހައުސް ކުރިމަތީގައި ހުރި ސައިކަލެއްގައި ކަމަށް ޕޮލިސް މީޑިއާއިން މައުލޫމާތު ދީފައިވެއެވެ.
އަދި ރޯކޮއްލި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި މަހުގެ 21 ވަނަ ދުވަހުވެސް އިހުސާން ފިހާރަ ކައިރީގައި ހުރި ހަ ސައިކަލެއްގައި ވަނީ ރޯކޮއްލާފައެވެ. އަދި މި ސައިކަލުތައްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް