އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރަކު ހޯދަން އިއުލާނުކޮށްފި އެވެ.
އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރާ ޑިރެކްޓަރަކީ ވިޔަފާރި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ރަނގަޅު ތައުލީމާއި ތަޖުރިބާ ލިބިގެންވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށެވެ. ވިޔަފާރި ހިންގުމުގެ ދާއިރާއިން އެންމެ ދަށް ވެގެން ޑިގްރީއެއް ހާސިލް ކޮށް މަސައަކަތުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ވާނޭ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
އެސްޓީއޯ އިން ބުނީ ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވޭލުއޭޓްކޮށް، އެފަރާތްތަކާ އެކު އިންޓަވިއުކުރުމަށް ފަހު، ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށެވެ. ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާ ބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
މި މަގާމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ19 ވަނަ ދުވަހެވެ.
އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް