ކޮރޯނާ ވައިރަސް ފެތުރެން ފެށިފަހުން ޗައިނާއަށް ދަތުރު ކުރި މީހުންގެ ސިއްހީ ހާލަތު އަމިއްލައަށް ދެނެގަތުން އިސް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ސިއްހީ ހޭލުންތެރިކަމުގެ މައުލޫމާތުތަކުގައި ބުނެފައިވަނީ ވޭތުވެ ދިޔަ14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރު ކުރި ނަމަ އެކަމުގެ މައުލޫމާތު ހިއްސާކުރުން މުހިންމު ކަމަށެވެ. އަދި ޗައިނާ ދަތުރަށްފަހު ކެއްސާ، ހުން އައިސް އަދި ނޭވާ ކުރުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސް ކުރުމަށް އެދޭ އެދޭ ކަމަށެވެ.
ޗައިނާއަށް ދަތުރުކޮށްފައިވާ މީހަކު ނުވަތަ ބަލީގެ އަލާމާތްތައް ފެނިފައިވާ މީހަކު ދިމާވެއްޖެ ނަމަ އަމިއްލަ ސިއްހީ ހާލަތު ދެނެގަނެ ޗައިނާއަށް ދަތުރުކުރި މީހަކާއި ދިމާވިކަން ހާމަ ކުރުމަށް އެދފައިވެ އެވެ. އަދި ކިނބިހި އަޅާއިރު އަނގަ ނިވާކުރުމަށް އެދިފައިވެ އެވެ.
އެކަމަކު ބަލިން ރައްކާތެރިވުމުގެ ގޮތުން ފޭސް މާސްކް އެންމެން އަޅަން ޖެހޭފަދަ ހާލަތަކަށް އަދި ރާއްޖޭގެ ހާލަތު ނާންނަކަމަށް ބުނެފައިވެ އެވެ. ފޭސް މާސްކް އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރަނީ ބައްޔަށް ޝައްކު ކުރެވޭ މީހުން އެކަންޏެވެ.
ޗައިނާގެ ވޫހާން ސިޓީ އިން މިދިޔަ މަހު ފެނުނު ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް50 ށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 1300 މީހުންނަށް ބަލީގެ އަސަރު ވަނީކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް