ބޭނުން ވަރަކަށް ވައިބަރ ޕްރިމިއަމް ސްޓިކަރ އުރީދޫ ކަސްޓަމަރުންނަށް މަހަކު ހަމަ އެންމެ 19 ރުފިޔާއަށް

އުރީދޫ މޯލްޑިވްސް އާއި ވައިބަރ ގުޅިގެން، ފަސޭހަކަމާއި އެކު ބޭނުން ކޮންމެ ވައިބަރ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދޭ، މަހަކު އެންމެ 19 ރުފިޔާގެ ޕެކެއް މިއަދު ތައާރަފްކޮށްފިއެވެ. މި ޚ...

25 Dec 2018 | 14:32

އުރީދޫ މޯލްޑިވްސް އާއި ވައިބަރ ގުޅިގެން، ފަސޭހަކަމާއި އެކު ބޭނުން ކޮންމެ ވައިބަރ ސްޓިކަރ ޕެކެއްވެސް ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދޭ، މަހަކު އެންމެ 19 ރުފިޔާގެ ޕެކެއް މިއަދު ތައާރަފްކޮށްފިއެވެ.

މި ޚިދުމަތް އެކްޓިވޭޓް ކޮށްލުމުން ވައިބަރގެ ސްޓިކާ މާރކެޓްގައި ހިމެނޭ އެތައްހާސް ސްޓިކަރތައް އުރީދޫގެ ކަސްޓަމަރުންނަށް އިތުރު އެއްވެސް އަގަކާނުލާ ބޭނުންކުރެވޭނެއެވެ.

"ވައިބަރ އަކީ ޢާއިލާއާއި ރައްޓެހިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދިވެހިންގެ އެކި އުމުރުފުރާގެ މީހުންގެ ތެރޭގައި ވަރަށް މަޤުބޫލު އެޕެއް. މިއަދު މި ތަޢާރަފްކުރެވުނު ޚިދުމަތާއިއެކު ވައިބަރގެ މަޤުބޫލު ސްޓިކަރތައް މެދުވެރިކޮށް ދެކެވޭ ވާހަކަތަކަށް އިތުރު ފުރިހަމަކަމެއްލިބިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބިގެންދާ ނުހަނުބޮޑު އުފަލެއް. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ގެނެސްދީ، ތަފާތު އުފާވެރި ތަޖުރިބާތަކާއި ގުޅުވާލަދިނުމަށް ލޯކަލް އަދި އިންޓަރނޭޝަނަލް ޕާރޓްނަރުންނާއި ގުޅިގެން އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބްޚާން ވިދާޅުވިއެވެ.

ޕްރިމިއަމް ވައިބަރ ސްޓިކަރގެ ޚިދުމަތަކީ އޮންލައިންކޮށް ފައިސާ ދެއްކުމަށްފަހު ލިބިދެވޭ ޚިދުމަތަކަށްވާއިރު، އަންލިމިޓެޑް ވައިބަރ ސްޓިކަރގެ މި ޚިދުމަތާއިއެކު ޕްރިމިއަމް ސްޓިކަރޕެކްތައް ބޭނުންކުރުމުގެ މަގު އިތުރަށް ފަހިވެގެންދާނެއެވެ. އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ޚިދުމަތް ހޯއްދެވުމަށް STICKER ޖެއްސެވުމަށްފަހު 4114 އަށް ފޮނުއްވުމުން ވައިބަރގެ ސްޓިކަރ މާރކެޓުން ބޭނުންފުޅު ވަރަކަށް ސްޓިކަރ ޑައުންލޯޑް ކުރެއްވޭނެއެވެ.

ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުންގެ ތަފާތު ޚިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އުރީދޫއިން ނުހަނު އިސްކަންދޭ ކަމެކެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި އުރީދޫއިން ވަނީ އެމޭޒަން ޕްރައިމް ވީޑިއޯ ތައާރަފްކޮށްފައެވެ. މި ޚިދުމަތާއެކު އުރީދޫ ޕޯސްޓްޕެއިޑް އަދި ފިކްސްޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެމޭޒަން ޕްރައިމް ވީޑިއޯގެ ޚިދުމަތް އަޖުމަ ބެލުމުގެ ގޮތުން ފުރަތަމަ 7 ދުވަހު ހިލޭ، އަދި އެއަށްފަހު ފުރަތަމަ 6 މަސްދުވަހު މަހަކަށް އެންމެ 49 ރުފިޔާއަށް ބޭނުންކުރެއްވޭނެއެވެ.

އަންލިމިޓެޑް ވައިބަރ ސްޓިކަރގެ ޚިދުމަތް ހޯއްދެވުމަށް، ނުވަތަ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://www.ooredoo.mv އަށް ޒިޔާރަތްކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް