ޕީޕީއެމްގައި ހުރެ އައު ޕާޓީ ރަޖިސްޓްރީ ކޮށް ނުދިނުމުން އަދުރޭ ޕީޕީއެމް އިން ވަކިވެއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގައި ހުރެ އައު ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމްއިން ވަކިވެ އައު ޕާޓީ އުފައްދަން...

25 Dec 2018 | 09:47

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގައި ހުރެ އައު ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަހެޅި ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރުމުން އަބްދުއްރަހީމް އަބްދުﷲ ޕީޕީއެމްއިން ވަކިވެ އައު ޕާޓީ އުފައްދަން ހުށަހަޅުއްވައިފިއެވެ.

މިގޮތަށް ނިންމުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އީސީން ވިދާޅުވެފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހަޅުއްވާފައިވަނީ ޕީޕީއެމްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރެއް ކަމަށްވާ އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އެހެންކަމުން ގާނޫނޫގައިވާގޮތުން އެއް ޕާޓީއެއްގެ ބޭފުޅަކަށް އާ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށަނޭޅޭނެ ކަމަށެވެ.

އީސީން ބުނެފައިވަނީ އަބްދުއްރަހީމް ޕީޕީއެމްއިން ވަކިވުމަށްފަހު އަލުން ޕީއެންސީ ރަޖިސްޓްރީކޮށްދިނުމަށް ހުށަހަޅާފައިވާކަމަށާއި އެ މަސައްކަތް އީސީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް