ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލީ ޚާލިދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސަވައިފިއެވެ.
އަލީ ޚާލިދަކީ ޓީވީއެމްގެ ކުރީގެ ސީއީއޯގެ މަގާމް އަދާކުރެއްވި ބޭފުޅެކެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަލީ ޚާލިދު ހަމަޖައްސަވައި އެކަން އިއުލާނު ކުރައްވާފައިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އަލީ ޚާލިދު ހުންނެވީ ރައީސް އޮފީހުގެ ޗީފް ކޮމިޔުނިކޭޝަންސް އޮފިސަރުގެ މަގާމުގައެވެ. އަދި ފަހުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޗެއާމަންކަންވެސް އަލީ ޚާލިދު ކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް