ބީއެމްއެލްއިން ހުޅުމާލޭގައި އިތުރު އޭޓީއެމްއެއް ގާއިމް ކޮށްފި

ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް އިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް އެއް ގާއިމުކޮށްފިއެވެ. ބީއެމްއެލްއިން ހާމަކުރާގޮތު...

25 Dec 2017 | 13:59

ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް އިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް އެއް ގާއިމުކޮށްފިއެވެ.

ބީއެމްއެލްއިން ހާމަކުރާގޮތުގައި މި އާ އޭޓީއެމް ބޭނުންކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބެމުންދާނެއެވެ.  މިއީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ގާއިމްކުރެވުނު އޭޓީއެމްއެކެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ "އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގ އިތުރު އޭޓީއެމް އެއް ހުޅުމާލޭގައި ގާއިމްކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ހޯދުމަށް ފަސޭހަކަމެއް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެވެސް މާލީ އެހީތެރިކަމާއެކު ތަރައްޤީކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގައި މި އޭޓީއެމް ބެހެއްޓޭކަމީ ވެސް މުނާސަބުކަމެއް. ހުޅުމާލެ އަށް އަންނަމުންދާ ތަރައްޤީއާއެކު މިދަނީ އާބާދީ އާއި ވިޔަފާރި އާއި ސިނާއީ ރޮނގުންވެސް ރާއްޖޭގެ އެންމެ މައި މަރުކަޒަކަށް ވެފައި. ހުޅުމާލޭގައި އިތުރު އޭޓީއެމް އަދި އާ ބިޒްނަސް ސެންޓަރެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން."

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33  ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް