ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން އަންހެނަކާއި ދެ ފިރިހެނަކު ހޯދަން އިއުލާނު ކޮށްފި

ސިވިލް ކޯޓަށް ހުށަހެޅިފައިވާ 3 މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ 3 މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރ...

25 Dec 2017 | 05:18

ސިވިލް ކޯޓަށް ހުށަހެޅިފައިވާ 3 މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ 3 މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މައްޗަށް ކޮށްފައިވާ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ތ.އޮމަދޫ/ ދޫރެސް، އިބްރާހީމް ރަމްޒީ (39އ) ކ.މާލެ / މއ.ފޮގެޓްމީނޮޓް، މަރްޔަމް ޒިމްނާ (32އ) އަދި ކ.ދިއްފުށި / އޮނުފީނިގެ، ޝަހީމް އަޙްމަދު  (51އ) އެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން  ތ.އޮމަދޫ/ ދޫރެސް، އިބްރާހީމް ރަމްޒީ ހޯދަމުންދަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދަޢުވާކުރާ ޙުކުމް ތަންފީޛް ކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެންނެވެ.

ކ.މާލެ / މއ.ފޮގެޓްމީނޮޓް، މަރްޔަމް ޒިމްނާ ހޯދަމުންދަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ދަޢުވާކުރާ ޙުކުމް ތަންފީޛް ކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މި ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެންނެވެ.

މީގެއިތުރުން ކ.ދިއްފުށި / އޮނުފީނިގެ، ޝަހީމް އަޙްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛް ކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން މި ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެންނެވެ.

މި ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް