ސްޕޯޓްސް ޕްލަސްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ކުރިއަށް - ޑިސްކައުންޓް 50 އިންސައްތަ އާއި ހަމައަށް

ސްކޫލު ކުދިންގެ ދަބަހާއި ބޫޓު އަދި އިންޓަވަލް ފުޅި ހިމެނޭގޮތަށް ސްޕޯޓްސް ޕްލަސް ފިހާރައިން ހާއްސަ ޕްރޮމޯޝަން އެއް ކުރިއަށް އެބަގެންދެ އެވެ. އަންނަ ޖަނަވަރީ މަހުގެ 14 އާއި ހަމައަށް ކުރިއަށްގެންދާ މި ޕް...

25 Dec 2017 | 05:07

ސްކޫލު ކުދިންގެ ދަބަހާއި ބޫޓު އަދި އިންޓަވަލް ފުޅި ހިމެނޭގޮތަށް ސްޕޯޓްސް ޕްލަސް ފިހާރައިން ހާއްސަ ޕްރޮމޯޝަން އެއް ކުރިއަށް އެބަގެންދެ އެވެ.

އަންނަ ޖަނަވަރީ މަހުގެ 14 އާއި ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި 50 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ވަނީ އަޅުވާފަ އެވެ.

ސްޕޯޓްސް ޕްލަސްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަންގައި ތަފާތު، ރީތި އެކި ޑިޒައިންތަކުގެ ސްކޫލް ދަބަހާއި ބޫޓާއި އިންޓަވަލް ފުޅި ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ހާމަކުރެ އެވެ.

ސްޕޯޓްސް ޕްލަސް އަކީ ކުޅިވަރަށް ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮ އަގެއްގައި އެއްތަނަކުން ގަންނަން ލިބޭ ފިހާރަ އެކެވެ. މި ފިހާރަ ހުންނަނީ ރެހެންދި ހިނގުމުން ޓީވީއެމް ކައިރީގަ އެވެ. މި ފިހާރައަށް 7783755 އިން ގުޅޭނޭ ކަމަށް މި ފިހާރައިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް