ޝަފާ ލަންކާއަށް ފޮނުވާލި މައްސަލައިގާ ހަ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި 18 އަހަރަށް ޖަލަށްލާފައިވާ، މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ވެރިޔާ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ބޭސް ފަރުވާއަކަށް ލަންކާ އަށް ފޮނުވާލި މައ...

25 Dec 2014 | 07:34

މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ކުށުގައި 18 އަހަރަށް ޖަލަށްލާފައިވާ، މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ވެރިޔާ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ބޭސް ފަރުވާއަކަށް ލަންކާ އަށް ފޮނުވާލި މައްސަލާގައި ހަ މީހެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތަށް ހުށަހެޅުމަށްޓަކައި ޕީޖީ އަށް ފޮނުވާފައިވާ މީހުންނަކީ ސަފާ ރާއްޖެ އިން ބޭރަށް ފޮނުވާލާ ފޯމްގައި ސޮއިކުރި އައިޖީއެމްއެޗުގެ ދެ ޑޮކްޓަރުންގެ ތެރެއިން ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، ސީނިއާ އޮފިސަ ގްރޭޑް 2، އަބްދުﷲ ރާފިއު އާއި އޭރު ކަރެކްޝަނަލް ސާވިސްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމާއި މެޑިކަލް ބޯޑުގެ ދެ މެމްބަރުން ކަމަށްވާ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. މުހައްމަދު ފަޒްނީން ލަތީފާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އިސްހާގު އަހުމަދާއި ކުރީގެ ކޮމިޝަނާ އޮފް ޕްރިޒްންސް މޫސާ އާޒިމް އަދި މާލޭ ޖަލުގެ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ތައުފީގުގެ މައްޗަށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އައިޖީއެމްއެޗްގެ ޕްރޮސްތެޓިސްޓް އެންޑް އޯތޯޓިސްޓް، އަބްދުﷲ ރާފިއު ފޯމްގައި ސޮއިކޮށް ސަފާ ރާއްޖެރިން ބޭރަށް ފޮނުވުމުގެ ހުއްދަދީފައިވާއިރު، ސިއްހީ ފަރުވާގެ އާންމު އުސޫލުގައިވާގޮތުން އެފަދަ ހުއްދައެއް ދެވޭނީ ހަމައެކަނި ޑޮކްޓަރަކަށް ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި ޑޮކްޓަރެއްކަމަށް ނުވާހާލު އިތުބާރުހިފޭ މަގާމެއްގައި ހުރެ އަބްދުﷲ ރާފިއު އެފަދައިން އެންޑޯޒްމަންޓް ދީފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށްވާހިނދު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އއ. އުކުޅަސް، ރޭނިގެ، އަބްދުﷲ ރާފިއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް މި މައްސަލަ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިފައއިވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް