ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި 500 އަށްވުރެ ގިނަ ކުށްވެރިން ދަންޖެއްސުމަށް ހަމަޖެހިފައިވާކަމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
އަމަލުކުރުން މެދު ކަނޑާލާފައިވާ ދަންޖެއްސުމުގެ ގާނޫނަށް އަމަލު ކުރުމުގެ ހުއްދަ އެގައުމުގެ ރައީސް ޕަރްވޭޒް މުޝައްރަފް ދެއްވާފައިވަނީ ޕެޝާވަރު ސްކޫލަށް ޓެރަރިސްޓުން ދިން ހަމަލާއެއްގައި 149 މީހުން މަރުވުމާއި ގުޅިގެންނެވެ. އެ ހުއްދަ ދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހު ލިބުނު ހުއްދައާއެކު މިހާތަނަށް 6 ކުށްވެރިއަކު ވަނީ ދަންޖައްސާފައެވެ.
ޕެޝާވަރު ސްކޫލަށް ޓެރަރިސްޓުން ދިން ހަމަލާގައި މަރުވި މީހުންގެ ތެރެއިން 133 މީހުންނަކީ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންނެވެ. މިކަމާ ގުޅިގެން ޕާކިސްތާނުން ޓެރަރިސްޓުން ނައްތާލުމަށް ޕާކިސްތާނާއި އަފްގާނިސްތާނު ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ.
އެގޮތުން ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަމަލާތައް ދެމުން އަންނަ އިރު ހަމަލާތަކުގައި މިހާތަނަށް 150 އަށްވުރެ ގިނަ ޓެރަރިސްޓުން މަރާލެވިފައިވާކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް