ބަގްދާދުގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 33 މީހަކު މަރާލައިފި

އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް އަމާޒުކޮށް އިރާގުގެ ވެރިރަށް ބަގުދާދުގައި އިއްޔެ ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 33 މީހަކު މަރާލައިފި އެވެ. އިއްޔެގެ ހަމަލާ ދީފައިވަނީ ބަގްދާދުގައި ...

25 Dec 2014 | 04:05

އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް އަމާޒުކޮށް އިރާގުގެ ވެރިރަށް ބަގުދާދުގައި އިއްޔެ ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 33 މީހަކު މަރާލައިފި އެވެ.

އިއްޔެގެ ހަމަލާ ދީފައިވަނީ ބަގްދާދުގައި ސިފައިން ގާއިމްވެތިބޭ މިލިޓަރީ ބޭސްއަކަށް އަމާޒުކޮށެވެ. އެސޯޝިއޭޓެޑް ޕްރެސްގައި ރިޕޯޓްކޮށްފައިވާގޮތުން މަރުވި މީހުންގެ ތެރޭގައި ސުންނީ މުސްލިމުންގެ 15 މީހަކު ހިމެނެއެވެ. އަދި މަރުވި 33 މީހުންގެ އިތުރުން 50 މީހަކު ޒަހަމްވެފައިވާކަމަށްވެސް އޭޕީގައި ބުނެފައިވެއެވެ.

އަދި މިހާތަނަށް މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް އެމެރިކާއިން އިސްވެ އޮވެ އައިއެސް ނައްތާލުމަށް ހަނގުރާމަކުރަމުން އަންނައިރު އައިއެސްއިންވެސް އަންނަނީ ރައްދު ހަމަލާތަކެއް ދެމެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް