ގދ. ވާދޫ އޭޓީއެމަށް ގެއްލުންދިން މައްސަލަ ބަލަން ފަށައިފި

25 Nov 2026 | 22:06
ފޮޓޯ: ސޯޝަލް މީޑިއާ

ފޮޓޯ: ސޯޝަލް މީޑިއާ

ގދ. ވާދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ އޭޓީއެމްއަށް ގެއްލުން ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

އެ މެޝިނަށް ދީފައިވަނީ ކޮން ބާވަތެއްގެ ގެއްލުމެއް ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު ކަމަށް ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކުނިކަހާ ފިހިގަނޑެއްގެ ދަގަނޑު ދަނޑިއެއް އޭޓީއެމް މެޝިނުގެ ފައިސާ އަޅާ ބައިގެ ތެރެއަށް ޖަހާފައި ހުއްޓެވެ.

މިއީ މިފަދަ ގެއްލުމެއް އޭޓީއެމްއަކަށް ދިން ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް