ކައިވެނީގެ ބޭރުން ފާޚާނާއެއްގެ ތެރެއަށް އަންހެނަކު ދަރިއަކު ވިހޭ މައްސަލައެއް - ބަނޑުގައި އޮތް ދެވަނަ ކުއްޖާގެ ފުރާނަ ސަލާމަތެއް ނުވި !

ކައިވެނީގެ ބޭރުން 37 އަހަރުގެ އަންހެނަކު ވިލިމާލޭ ގެއެއްގެ ފާހާނާ ތެރެއަށް އެއްމާބަނޑު ދެ ކުދިން ވިހެއި މައްސަލައެއް ފެންމަތިވެ، ދެ ވަނަ ކުއްޖާ ވިހެއިއިރު އޮތީ ނިޔާވެފައެވެ.

25 Nov 2026 | 21:38
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ކައިވެނީގެ ބޭރުން 37 އަހަރުގެ ދިވެހި އަންހެނަކު ވިލިމާލޭގައި ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހޭ މައްސަލައެއް 2026 ނޮވެމްބަރު 23 ވަނަ ދުވަހުގެ ރޭ ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ރޭ 21:07 އެހައިކަންހާއިރު އެ ހޮސްޕިޓަލުން ފުލުހުންނަށް އެ ރިޕޯޓު ހުށަހެޅީ، ވިހެއި އަންހެން މީހާ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި ކަން ހިނގި ގޮތް އެންގުމުންނެވެ. އެ މައުލޫމާތު ލިބުމާ އެކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު އެ ގެއަށް ގޮސް، ވިހެއި މީހާ އާއި އަލަށް އުފަންވި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައެވެ.

Advertisement

ހޮސްޕިޓަލުގައި ބެލިބެލުމުން، އެ އަންހެން މީހާގެ ބަނޑުގައި ދެ ވަނަ ކުއްޖެއް އޮތްކަން ވަނީ ފާހަގަވެފައެވެ. އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއިއިރު ވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި ވިހެއި އެއްމާބަނޑު ދެ ކުދިންނަކީ ވެސް ފިރިހެން ކުދިންނެވެ. ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް