ހުޅުމަލޭގައި ހުވަނި ފެތުރެނީ، ބޭސް ޖަހަން ރީތިގަސް މަގުން ވެހިކަލްތައް ނަގަން އަންގައިފި

25 Nov 2026 | 20:19
ހުޅުމާލޭ ފޭސް އެކެއް --

ހުޅުމާލޭ ފޭސް އެކެއް --

ހުޅުމާލޭގައި ހުވަނި ފެތުރޭތީ ގަސްތަކަށް ބޭސް ޖަހަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ބޭސް ޖެހުމަށް ފަށާނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. ހުވަނި ފެތުރެމުންދަނީ ރީތިގަސް މަގުގެ ދަނބު ގަސްތަކުގައި އެވެ.

Advertisement

އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި މި މަސައްކަތް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވެ އެވެ. އެހެންވެ އެ މުއްދަތުގެ ތެރޭގައި އެ މަގުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށް ވަނީ އެދިފައެވެ.

ހުވަނި ފެތުރެމުންދާތީ، އެ ސަރަހައްދުގައި ބޭސް ޖެހުމަށްޓަކައި މަގުގެ ދެ ފަރާތުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.

ހުވަންޏަކީ ހޫނު ގަދަ ދުވަސްވަރު ބައެއް ބާވަތްތަކުގެ ބޮޑެތި ގަސްގަހުގައި އާލާވާ ފަންޏެކެވެ. ރާއްޖޭގައި މައިގަނޑު ގޮތެއްގައި މި ފަނި ފެންނަ ކަމަށް ފާހަގަކުރެވިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު އަދި ދިއްގާ ގަސް ފަދަ ގޯތިތެރޭގައި ޢާންމުކޮށް ހައްދާ ބޮޑެތި ގަސްގަހުގައެވެ.

ހުވަނި ގަހުގައި ވާ ލައިގެން އުޅޭތީ، ގަސް ކައިރިން ހިނގާ މީހުންގެ ގައިގައި ވާ ޖެހުމުން ގަދައަށް ކެހުމާއި ހިރުވުމާއި ފިތް ނެގުމުގެ އިތުރުން ހަންގަނޑު ރަތްވެ ދުޅަވުން ފަދަ ސިއްޙީ މައްސަލަތައް ކުރިމަތިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް