މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ނުނިމި ހުރި މުހިންމު ބިލުތަކެއް ފާސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.
އެ ނިންމުން ފާސްވީ 42 މެންބަރުންގެ ތާއީދާ އެކުގައެވެ. ދައުރު އިތުރުކުރުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދުގެ ޖަލްސާގައި ވިދާޅުވީ މި ދައުރުގެ ތެރޭގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތައް އަދި ނުނިމި އެބަހުރި ކަމަށެވެ.
މި އަހަރު ކުރީ ދެ ދައުރު ވެސް ވަނީ މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
މިހާރު މަޖިލީހުގައި ނުނިމި ހުރި ބިލުތަކުގެ ތެރޭގައި ރިއަލް އެސްޓޭޓާ ބެހޭ ބިލާއި ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް