ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަޒީރުންގެ މަޖިލީހަށް ކަނޑައަޅުއްވާފައިވާ 20 ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ. ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް ސޯލިހު ފޮނުވި...

25 Nov 2018 | 11:25

ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަޒީރުންގެ މަޖިލީހަށް ކަނޑައަޅުއްވާފައިވާ 20 ބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ވަޒީރުންނަށް ރުހުން ހޯދުމަށް ރައީސް ސޯލިހު ފޮނުވި ނަންފުޅުތައް އެމައްސަލަ ދިރާސާ ކުރާ ކޮމިޓީއަށް ފޮނުވުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފަ އެވެ. މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނީ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުންނެވެ. ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަށް މަގާމުގައި ތިބެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ކަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފަ އެވެ.

ވަޒީރުން އައްޔަން ކުރި ގޮތާމެދު ބައެއް އާންމުންގެ މެދުގައި ހިތްހަމަ ނުޖެހުންތަކެއް ވަނީ އުފެދިފަ އެވެ. އަދި ސަރުކާރު ކޯލިޝަނުގެ ބޭފުޅުންވެސް ފާޅުގައި ދަނީ ވަޒީރުންގެ މަޖިލީހަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް