ކުޑަކުދިންނަށް އަނިޔާ ކުރުމާއި ޖިންސީ ފުރައްސާރައާއި ގުޅޭ 1400 އަށްވުރެ ގިނަ މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާކަމަށް، މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެން ސޯޝަލް ސާވިސަސް ސިދާތާ ސަރީފް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮން ވޮއިލެންސް އެގެއިންސްޓް ވިމެން" ދުވަސް ފާހަގަކުރުމަށް ޖެންޑަ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައެވެ. ޖިންސީ ފުރައްސާއިގެ މައްސަލަތައް ހުށަހަޅާފައިވާ ނިސްބަތައް ބަލާއިރު އެ ފަދަ މައްސަލަތަކުގެ ޝީކާރަކަށް ވެފައިވާ 60 އިންސައްތަ މީހުންނަކީ އަންހެނުންނާ ކުޑަ އަންހެން ކުދިންކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
https://twitter.com/shidhatha/status/1066539949279764481?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1066539949279764481&ref_url=https%3A%2F%2Fcnm.mv%2Ff%2F%3Fid%3D78993
ދައުލަތުގެ ގިނަ މުއައްސަސާތަކުން ވަނީ މިދުވަސް ފާހަގަކުރުމަށް އެކި އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ.
އަނިޔާގެ މައްސަލަތަކުގެ ތެރެއިން އަންހެނުންނަށް ލިބޭ ތަފާތު އަނިޔާތަކަކީ މިއަދުވެސް އެންމެ މަދުން ރިޕޯޓު ކުރެވޭ އެއް މައްސަލައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އެ ކޮމިޝަނުންވެސް ތިބީ އަންހެނުނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ތައްޔާރަށްކަމަށެވެ.
އަންހެނުންނަށާއި ކުޑަކުދިންނަށް ކުރާ އަނިޔާއި ފުރައްސާރައިގެ ތެރޭގައި، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ހިމެނެއެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ އަނިޔައާއި ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހިރާއްޖެ އދ ގެ ޖެނެރަލް އެސަމްބްލީގައި އެއްބަސްވެފައިވަނީ 1993 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް