ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވި ނަމަވެސް އާސަންދަ ލިބޭ ގޮތަށް ނިންމައިފި އެވެ.
އައިޑީ ކާޑަށް މުއްދަތު ހަމަވި ނަމަވެސް އާސަންދައިގެ ހިދުމަތް ލިބޭ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ސާލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އާސަންދަ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދާ ފަރާތުން ހުށަހަޅާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ކާޑަށް ޙިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
އާސަންދައިގެ ޚިދުމަތް ދެމުން އައި އިރު މީގެ ކުރިން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަކަށް ޚިދުމަތެއް ނުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް