އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ) ކަޕް ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ރާއްޖެއަށް ގެއްލިފައިވާތީ އަދި ފުޓްބޯޅައިގެ ދާއިރާގައި އިސްލާހު ކުރަން ޖެހޭ ކަންކަން ބަލާ ހޯދުމަށް ކޮމެޓީއެއެ އެކުލަވާލުމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފު ނިންމަވައިފިއެވެ.
ދާދި ދެންމެޔަކު ކުރެއްވި ޓްވީޓެއްގައި މަހުލޫފު ވިދާޅުވީ ރާއްޖޭގެ ކްލަބްތަކަށް އޭ.އެފް.ސީ ކަޕުން ފުރުސަތު ގެއްލުނު ސަބަބު ހޯއްދަވާނޭކަމަށާއި އަދި ރާއްޖޭގެ ފުޓުބޯޅަ ކުރިރުވުމަށް މަސައްކަތް ތަކެއް ކުރައްވާނޭ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރާނީ ރާއްޖޭގައި އުފެދިފައިވާ ކުލަބުތަކާއި ފުޓްބޯލް އެސޯސިއަން އާއި ގުޅިގެންކަމަށް ހާމަކޮށްފައި ވެއެވެ.
" ފުޓްބޯޅަ އަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރަކަށް ވެފައި އޭ.އެފް ސީ ކަޕް ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ، މެދުވެރިވި ސަބަބު ބަލާ އަދި އިސްލާހު ކުރަންޖެހޭ ކަންކަން ބެލުމަށް ކޮމެޓީ އެއް އެކުލަވާލަން ނިންމައިފިން " މަހުލޫފް ވިދާޅުވިއެވެ.
https://twitter.com/AhmedMahloof/status/1066576441561640961
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް