ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި ކްރިމިނަލް ކޯޓުން އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓުން ތާވަލް ކޮށްފައިވަނިކޮށް އާއިލާއިން އެދިގެން އަޑުއެހުން ކެންސަލްކޮށްފިއެވެ.
"އަޑުއެހުން އޮތްނަމަވެސް އަދީބު އެޑިމިޓްކޮށްފައި އޮއްވާ ކަރެކްޝަންސް އިން އަދީބު ގެންދާނެހެން ހިއެއްނުވޭ. ކުރިންވެސް އަދީބުގެ ފަރާތުން އެދުމުން އެޑްމިޓް ކޮށްފައި އޮއްވާ ކޯޓަކަށް ނުގެންދޭ. މިހާރު ތިން ހަފްތާ ވެއްޖެ ހައިކޯޓުން މި އަޑުއެހުން ތާވަލުކޮށްފައި އޮންނަތާ. މިފަހަރު އަޅުގަނޑުމެން އެދުނީ ކެންސަލްކުރަން، ސިއްހީ ޙާލަތު ހުރިގޮތުން ކެންސަލްކުރީ" ނަޝްވާ ވިދާޅުވިއެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވެ މިވަގުތު އަންނަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދެމުންނެވެ. އޭނާގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް ބްލެޑާގައި ތާށިވުމާ ގުޅިގެން އެކަމަށް ވަނީ ލޭޒާ ބޭނުންކޮށްގެން ފަރުވާވެސް ދީފައެވެ. އަދީބުގެ ސިއްހީ ހާލުކޮޅަށް ރިޢާޔަތްކޮށް އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވިސް އިން ވަނީ ކަރެކްޝަނަލް ސާވިސްގައި އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް