އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑު އަދި ސްރީލަންކާ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރައިލޭޓްރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" ގައި ބައިވެރިވާ އިންޑިއާ އަދި ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރުތައް މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ.
މިއަދު ރާއްޖެ އައި މަނަވަރުތަކުގެ ތެރޭގައި އިންޑިއަން ކޯސްޓްގާޑް ޝިޕް "ސަމަރު" އާއި އިންޑިއަން ކޯސްޓްގާޑް ޝިޕް "އާރޔަމަން" ހިމެނެއެވެ. އަދި ސްރީލަންކަން ކޯސްޓްގާޑް ޝިޕް "ޝުރަކްޝާ" ހިމެނެއެވެ. މީގެ އިތުރުން މި އެކްސަސައިޒްގައި އިންޑިއަން ކޯސްޓްގާޑް ޑޯނިއަރ މަތިންދާބޯޓަކާއި އިންޑިއަން ކޯސްޓްގާޑް ޝިޕް "ސަމަރު" ގެ އޮން ބޯޑު ހެލިކޮޕްޓަރެއްވެސް ހަރަކާތްތެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކާއި އޮޕަރޭޝަންތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކުރުމުގެ މަޤްޞަދުގައި ބާއްވާ މި ތަމްރީންތައް މާދަމާއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް