ކޯލިޝަނުގެ ފަރާތުން އަދާލަތު ޕާޓީ ވެސް މަޖިލީހަށް ނިކުންނަނީ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަ ކުރާނީ ކޯލިޝަންގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ...

25 Nov 2018 | 04:53

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަ ކުރާނީ ކޯލިޝަންގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޯލިޝަނުގެ ބައިވެރިންނާއެކު ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ އަދަދަކަށް ގޮޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވާނޭ ކަމަށާއި މަޖިލިސް އިންތިޚާބުގައި ވެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވާނެކަމަށްއިމްރާން ވިދާޅުވިއެވެ.

" މަޖިލީހާ މެދު ކުރެވޭ އުއްމީދު ބޮޑު" ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވިއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގަިއ އެމްޑީޕީން ވާދަކުރާނެ ދާއިރާތައް މިމަހުގެ 30 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައިވާއަރު ކޯލިޝަނުގެ ފަރާތުން އަދާލަތު ޕާޓީން ވެސް މިވަނީ ވާދަ ކުރަން ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް