މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންގާ މުސްލިމު ދަރިކޮޅުގެ ރެފިޔުޖީންނަށް 25000 ގެ އަޅައިދޭން ނިންމައިފައިވާކަމަށް ތުރުކީގެ ބޮޑުވަޒީރުގެ ނައިބު ރިޖިޕް އަކްދަ ވިދާޅުވެއްޖެއެވެ.
ރިޖިޕް އަކްދަ ވިދާޅުވެފައިވަނީ ބަންގްލަދޭޝްގައި ތިބި ރޮހިންގާ ރެފިޔުޖީންނަށް 20000 ގެ އަޅައިދެން ތުރުކީންް މީގެ ކުރިންވެސް ވައުދުވެފައިވާކަމަށާއި މިހާރު އެ އަދަދަށް އިތުރު 5000 ގެ އިތުރުކޮށްފައިވާކަމަށެވެ. އަދި މިގެ ތަކުން 125000 ރެފުޔުޖީންނަށް ބޯހިޔާވަހިކަން ލިބޭނެކަމަށްްވެސް ވަނީ ރިޖިޕް އަކްދަ ވިދާޅުވެފައެވެ. މި އިއުލާނުކޮށްފައިވަނީ ބަންގްލަދޭޝްގެ ޑީޒާސްޓަރ މެނޭޖްމެންޓް އެންޑް ރިލީފް މިނިސްޓަރ އާއިއެކު ތުރުކީގައި ބޭއްވި ބައްދަލުވުމަކަށްފަހުގައެވެ.
އަދި މީގެ އިތުރުން ދެ ފީލްޑް ހޮސްޕިޓަލާއި 10 މެޑިކަލް ސެންޓަރ ވެސް ތުރިކީއިން ބަންގްލަދޭޝްގައި ރޮހިންގާ ރެފިޔުޖީންގެ ކޭމްޕްޖަހާފައިވާ ކޮޒް ބާޒާރުގައި އަޅާނެކަމަށްވެސް ރިޖިޕް އަކްދަ ވަނީ ވިދާޅުވެފައެވެ. މި ދެ ހޮސްޕިޓަލް މިއަހަރު ނިމުމުގެ ކުރިން އަޅާނިމޭނެކަންވެސް ރިޖިޕް އަކްދަ ވަނީ ވިދާޅުވެފައެވެ.
ތުރުކީއިން ވެދެން ނިންމައިފައިވާ އެހީއަށް ބަންގްލަދޭޝްގެ މިނިސްޓަރ މުޒައްފަލް ހުސެން ޗޯދްރީ ވަނީ ޝުކުރު އަދާކޮށްފައެވެ. ޗޯދްރީ ވިދާޅުވެފައިވަނީ ބަޔަކު ހާލުގައި ޖެހިއްޖެނަމަ ތުރުކީއިން އަަބަދުވެސް އެހީވާކަމަށެވެ.
މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުންފެށިގެން މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންގާ ދަރިފަސްކޮޅުގެ މީހުންގެ އަދަދު މިހާރުވަނީ ހަ ލައްކައަށްވުރެ މައްޗަށް އަރާފައެވެ. އދ ގެ ތަފާތު ހިސާބުތައް ދައްކާގޮތުން ބަންގްލަދޭޝްގެ ކޮޒް ބާޒާރު ސަރަހައްދުގައި މިވަގުތު 834000 ރޮހިންގާ ރެފިޔުޖީން ދިރިއުޅެމުން އެބަ ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް